ދިވެހިރާއްޖެ
ވަންދޫ މަދަރުސާގެ ލައިބުރަރީގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން
ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ލައިބުރަރީގައި އެލްމިނިއަމް ކުޑަދޮރު ހަރުކޮށް، ސީލިންގކޮށް ތަޅުންގަނޑު މަރާމާތުކޮށް މުށިޖަހައި ކުލަލުން
ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުން |
8 ނޮވެންބަރު 2015 |
އާދީއްތަ |
ހެނދުނު 10:00ގައި |
އަންދާސީހިސާބު ހުށަހެޅުން |
15 ނޮވެންބަރު 2015 |
އާދީއްތަ |
10:30 ގެ ކުރިން |
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 6780574 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
15 މުޙައްރަމް 1437