ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
GS-155/IUL-PR/BID/2025/002 އިޢުލާންއަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލަން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
2026 ޖަނަވަރީ 1 ން 2026 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު ލައިބްރަރީއަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2026 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
މައުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން |
|
|
2025 ނޮވެމްބަރ 10 ން 2025 ނޮވެމްބަރ 17 ގެ 12:00 ގެނިޔަލަށް adhomadhooschool.edu.mv/v2/forms |
2025 ނޮވެމްބަރ 10 ން 2025 ނޮވެމްބަރ 26 ށް މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް 6680840 ނަމްބަރަށް |
2025 ނޮވެމްބަރ 26 ވަނަ ދުވަހު 13:00 ށް |
މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ގާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ނަކަލެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކު ދިވެހިސަރުކާރުގެ ގެޒެޓްގައި ވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރި ކުރެއްވުމަށް މި ސުކޫލް ވެބްސައިޓަށް www.adhomadhooschool.edu.mv/v2/forms ޒިޔާރަތްކޮށް، ބީލާން ހުށަހެޅުމަށް ރެޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރަށްވާށެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.
