ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާގެ ނަންބަރު: 36/IUL)393/393/2015)ފ(07 އޮކްޓޫބަރު 2015) އިން ކިނބިދޫ ކައުންސިލް އިދާރާގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް މީހުން ހާޒިރުވެފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކޮށް، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކުރަންހުރި ބައެއް މަރާމާތުތައް

  1. ޢިމާރާތުގައި ކުލައާއި ދަވާދުލުން
  2. ބައެއް ތަންތަން ތެޅުން
  3. ޢިމާރާތުގެ އެތެރޭގެ ފާރުތަކުގައި ތަޅުމުން ފެށިގެން '4 އަށް ތަށިމުށި ޖެހުން

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 08 ނޮވެންބަރު 2015 ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ އެންމެންގެ ހާޒިރުގައި 12 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޮނުއްވަންވާނީ ބަދަލުގައި ފޮނުވާ މީހެއްކަން އެނގޭނެ ސިޓީއަކާއެކުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ