ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެކްޓެންޝަން
މިހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޝަން ބިލްޑިންގގެ އެކްޓެންޝަންގެ ގޮތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު:TENDER/URH/2025/25 އާއި ގުޅިގެން، ހުށައެޅުއްވި އަންދާސީ ހިސާބު އެކަށީގެންވާ މިންވަރަށްވުރެން ބޮޑުކަމަށް ފެންނާތީވެ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިއިމާރާތާއިގުޅޭ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވި އިރުޝާދުދެވިފައިވާގޮތަށް، ރަޖިސްޓްރީ ކުރެއްވުމާއި، މައުލޫމާތު ސާފުކުރެއްވުމާއިއެކު، އެމަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް) ތާރީޚް: 2025 ނޮވެންބަރ 09 ން ފެށިގެން، 2025 ނޮވެންބަރ 13 ވަނަ ދުވަހުގެ މެންދުރުފަހު، 13:00 އަށް އީމެއިލް [email protected] :ފޯނު ނަންބަރ: 6583007 ރެޖިސްޓްރޭޝަން ލިންކް: https://forms.gle/YbetptpKb5X6EwGP8 |
|
މައުލޫމާތު ސާފުކުރުން |
ތާރީޚް: 2025 ނޮވެންބަރ 13 - ބުރާސްފަތި ގަޑި: މެންދުރުފަހު 13:30 ގައި ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 2025 ނޮވެމްބަރ 18 - އަންގާރަ ގަޑި: މެންދުރުފަހު 13:30 ގައި ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
މިއިޢުލާނާއިގުޅޭ މައުލޫމާތު ޝީޓާއި، ކުރެހުންތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ. އަދި މިޓެންޑާއަށް ނަންނޯޓްނުކުރާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެކަން، މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
09 ނޮވެންބަރ 2025
