މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަފަރީގައި ދިރިއުޅޭ ދިވެހި ގޭބިސީތަކުގެ މަޢުލޫމާތު ހޯދުން

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ 494-LGS1/228/2025/25 ނަންބަރު ސިޓީއިން އަންގައިފައިވާތީވެ 1447 ވަނަ އަހަރުގެ ރޯދަ ހަދިޔާ ބެހުމަށްޓަކައި މި ރަށުގައި ދިރިއުޅޭ ދިވެހި ގޭބިސީތަކުގެ މަޢުލޫމާތު ހޯދާން ބޭނުންވެއެވެ. އަދި ވަކި ގޭބިސީގެ ގޮތުގައި ބަލާނީ އެއް ގޯއްޗެއް ގައި ވަކިން ކައްކައި ކައިބޮއި ދިރިއުޅޭ ދިވެހި ޢާއިލާތަކެވެ. ވީމާ 2025 ނޮވެމްބަރ 12ވަނަ ދުވަހުގެ 14:00ގެ ކުރިން ލިންކު ގައިވާ ފޯމު ފުރިހަމަކުރައްވައި ހުށައެޅުއްވުން އެދެމެވެ. ފޯމުގެ ލިންކް https://shorturl.at/bB1QQ
09 ނޮވެންބަރު 2025
ހޯދާ