ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ދޮންވެލި ސަޕްލައިކުރުން
މި ކޯޕަރޭޝަންގެ ޕްރޮޑަކްޝަން ފެސިލިޓީއަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: MRDC/IFB/2015/29ފ(15 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މަޢުލޫމާތަށް ބަދަލު ގެނައުމާ ގުޅިގެން، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 ނޮވެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 13:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ނޮވެންބަރު 2015 ވާ (އަންގާރަ) ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+ ، 9609911606+
ފެކްސް ނަންބަރު: 9603317133+
20 މުޙައްރަމް 1437