މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން 

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ މަތީގައި ދަންނަވާފައިވާ ޕްރޮޖެކްޓުން ތިރީގައި ބަޔާންކުރެވިފައިވާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މެރިކަލްޗަރ/މެރިންސައިންސް ގެ ދާއިރާ

ކޯހުގެ ލެވެލް:

ކޯހުގެ ދާއިރާތައް:

ޤައުމު:

ކޯހުގެ ޢަދަދު:

މާރސްޓާސް ޑިގްރީ

އެކުއަޓިކް ހެލްތް / ޕެތޮލޮޖީ

ޔޫކޭ، އޮސްޓްރޭލިޔާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް

01

ބެޗްލަރސް ޑިގްރީ

މައިކްރޯބަޔޮލޮޖީ

އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް

01

 

ސްކޮލަރޝިޕްގެ ޝަރުތު ހަމަވާ ފަރާތްތައް:

މިސްކޮލަރޝިޕްތަކަށް ޝަރުތު ހަމަވާނީ ތިރީގައިވާ ލިޔުންތަކާއި އެކު ސްކޮލަރޝިޕަށް ހުށަހަޅާ އެޕްލިކޭޝަން ތަކެވެ.

 

މާރސްޓާސް ޑިގްރީ އެއްނަމަ

ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވުން

ބެޗްލަރސް ޑިގްރީ އެއްނަމަ

ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން  އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން 

 

 

  1.    ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)
  2.    ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3.    IELTS އިން އޯވަރޯލް ސްކޯ 6.0 ނުވަތަ TOEFL ސްކޯ 550 އެއް ހާސިލުކުރައްވައިފައިވުން. 
  4.    މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  
  5.    މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.
  6.    ސްކޮލަރޝިޕް ލިބިއްޖެ ނަމަ އެކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީގައި  ހިދްމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. ވުމާއިއެކު އެހެން ޙިދުމަތުގެ ބޮންޑެއް އޮތްނަމަ  ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.
  7.    މިކޯސްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.

 

ސްކޮލަރޝިޕުން ކުރެވޭނެ ހަރަދުތައް:

-    ކޯސް ފީ

-    ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)

-    އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)

-    ޑިޕާރޗަރ އެލަވަންސް (އެއްފަހަރު)

-    ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް) 

އިތުރު މަޢުލޫމާތު:

މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 04 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ފޯނާއި ގުޅުއްވުން އެދެމެވެ.

 

15 ޖުމާދަލްއޫލާ 1447       

06 ނޮވެމްބަރ 2025

 

06 ނޮވެންބަރު 2025
ހޯދާ