ދިވެހިރާއްޖެ
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، މުޖުތަމަޢު ހޭލުންތެރިކުރުމުގެ ކުރުމުގެ ގޮތުން އޯޑިއޯ އަދި ވީޑިއޯ ފޯމެޓަށް ވީޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)459-A/1/2015/105 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހު 9:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހު 09:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
20 މުޙައްރަމް 1437