މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
ކުޑަފަރީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން. (ޕްރޮޖެކްޓް ނަންބަރު 2025/04)
ބީލަން ހުށައެޅުމުގެ ދަޢުވަތު
- 01 ޖެނުއަރީ 2026 އިން 31 ޑިސެންބަރު 2026 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވަތީ، ޝައުޤުވެރިވާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިވުމުގެ ދަޢުވަތު ދެމެވެ.
- ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 17 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން، ބިޑްރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށްގެންނެވެ. ބިޑްރެޖިސްޓްރޭޝަން ފޯމް މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު އެޓޭޗުކުރެވިފައި އެވަނީއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 11:00ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.
ފޯން: 6561802
އީމެއިލް: [email protected]
06 ނޮވެންބަރު 2025
ހޯދާ
