ދިވެހިރާއްޖެ
ަނގޮޅިތީމު ކައުންސިލް އިދާރާއިން ބޭއްވުމަށް ހަމަޖެހިފައިވާ "އަނގޮޅިތީމު ކައުންސިލް ސްޕޯޓްސް ފިއެސްޓަރ 2025" ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ނޮވެމްބަރ 2025 ވާ (އަންގާރަ) ދުވަހުގެ 10:00ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމު ފުރުއްވުމަށްފަހު ކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއަކާއިއެކު މެއިލް ކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމުން މައުލޫމާތު ފޯމް އެފަރާތަކަށް މެއިލް ކޮށްދެވޭނެއެވެ. ބިޑް ރެޖިސްޓްރޭޝަން ފޯމް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ނޮވެމްބަރ 2025 ވާ (ބުރާސްފަތި) ދުވަހުގެ 13:15ގައި އަނގޮޅިތީމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
