މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރޑް ފާމް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން

ޢިއުލާން

ބާރޑް ފާމް ތަރައްޤީކުރުމަށް  ދޫކޮށްފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން

ނ.މަނަދޫގައި ބާރޑްފާމެއް ތަރައްޤީކުރުމަށްޓަކައި ދޫކޮށްފައިވާ މިދަންނަވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން، 13 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ދުރުވެ އެފަރާތެއްގެ ރުއްގަސް މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. އަދި މުއްދަތު ހަމަވުމަށްފަހު އަންނަ އެއްވެސް ފަރާތެއްގެ މައުލޫމާތު ބަލައިނުގަނެވޭނެ ވާހަކަވެސް ހިތާމައާއިއެކު ދަންނަވަމެވެ.

  • ·     ނޫނު މަނަދޫ ކޮށިމަގުގެ ހުޅަނގުން، 02 ނަންބަރު ގަބުރުސްތާނުގެ ދެކުނުން މިއިދާރާއިން ރަތްކުލައިގެ ދަވާދުން ނަންބަރުޖަހާފައިވާ 118 ރުއްގަސް

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  

  5 ނޮވެމްބަރ 2025

05 ނޮވެންބަރު 2025
ހޯދާ