މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިދޭސީން ގެނައުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިނގާ ހޮސްޕިޓަލުތަކަށާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ގޮތަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް ބިދޭސީން ގެނައުމުގެ ފުރުޞަތު ބިދޭސީން ގެނައުމަށް ރާއްޖޭގައި ރަޖިސްޓަރީކޮށް މި މިނިސްޓްރީ ނަންބަރު (IUL)23/PRIV/2015/04 ގެ ދަށުން މި އިޢުލާނު ގެޒެޓް ކުރާ ދުވަހުގެ 12:00 ކުރިން ބިދޭސީން ގެނައުމަށް މިމިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ އެޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީތަކުން ތިރީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުން ނާރސިންގ ކައުންސިލް އިން ރެޖިސްޓްރޭޝަން  ފޯމު އަދި ބައޯޑާޓާ ފޯމު ފުރުމަށްފަހު މި މިނިސްޓްރީގެ ތައްގަނޑު ޖެހުމަށްޓަކައި މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

މަގާމު:ރަޖިސްޓަރ ނާރސް (އަންހެން)

މަގާމުގެ ޢަދަދު: 97

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2500 ރުފިޔާ

ކޮންޓްރެކަޓް މުއްދަތު: 6 މަސް ދުވަސް (ނޯޓް: މުވައްޒަފުގެ ޕާރފޯމެނސް ބެލުމަށްފަހު ކޮންޓުރެކްޓްގެ މުއްދަތު އިތުކުރެވޭނެއެވެ.)

ޝަަރުޠު:

  1. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާ 6 މަސްދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން 6 މަސްދުވަހު ލޭބަރ ރޫމުގައި މަސައްކަތް ކޮށްފައިވުން ނުވަތަ
  2. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާ 6 މަސްދުވަހު އޮޕަރޭޝަން ތިއޭޓަރ ނުވަތަ އައިސީޔޫގައި މަސައްކަތް ކޮށްފައިވުން. ނުވަތަ
  3. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާ 6 މަސްދުވަހު މަސައްކަތްކޮށް ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުން
  4. ޞިއްޙީ ޚިދުމަތުގައި އަމަލީ ގޮތުން މަސައްކަތް ކޮށް ލިބިފައިވާ ތަޖުރިބާއަކީ ފަހުގެ ތާރީޚެއްގައި ލިބިފައިވާ ތަޖުރިބާއަކަށް ވުން. ފަހުގެ ތާރީޚެއްކަމުގައި ބަލާނީ 2010 އަށް ވުރެ ފަހުން ހޮސްޕިޓަލެއްގައި މަސައްކަތްކޮށް ލިބިފައިވާ ޢަމަލީ ތަޖްރިބާއަށެވެ.

މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ފަރާތްތަކަށް އޮފަރ ލެޓަރ ދޫކުރެވޭނީ  ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގެ ޕުރީ ރަޖިސްޓުރޭޝަން އަދި މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީއިން ކަނޑައަޅާ ސުންގަޑިއަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުމުން މި އިއުލާނުގައި ކަނޑައެޅިފައިވާ އަދަދު ހަމަވަންދެންނެވެ.

މި އިއުލާނުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަނެއް އެޖެންސީއިން ސީދާ ގެނެސް ހުށަހެޅުން ނޫންގޮތަކަށް މި މިނިސްޓްރީއިން ބަލައެއް ނުގަންނާނެއެވެ. އެޕްލިކޭޝަން ހުށަހަޅާ އޭޖެންސީތަކުގެ ތެރެއިން އެޖެންސީއަކަށް ތައްގަނޑު ޖަހައިދޭނީ 3 އެޕްލިކޭޝަން ޑޮކިއުމަނޓްގައެވެ. އަދި ހުށަހަޅާ ޑޮކިއުމަނޓް ރިޖެކްޓްވެއްޖެނަމަ 3 އެޕްލިކޭޝަން ހަމަވަންދެން އެއެޖެންސީއަކަށް ތައްގަނޑު ޖަހައިދެވޭނެއެވެ.

ޕްރީރަޖިސްޓްރޭޝަނަށް އެޖެންސީއަކަށް މި އިއުލާނުގެ ދަށުން ދޫކުރެވޭނީ ގިނަވެގެން 3 އޮފަރ ލެޓާރއެވެ .އޮފަރ ލެޓަރ ދޫކުރުމަށް ފަހު އެއޮފަރ ލެޓަރގެ ބަދަލުގައި އެހެން އޮފަރލެޓަރޔަކަށް ބަދަލުކުރެވޭނީ ކުރިން ދޫކުރި އޮފަރ ލެޓަރގެ މުއްދަތު ހަމަނުވާ ކަމުގައި ވަނީނަމަ ކުރިން ދޫކުރި އޮފަރ ލެޓަރގެ އަސްލު މި މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

މި އިއުލާންގެ ދަށުން ބޭނުންވާ ނަރުހުންގެ އެޕްލިކޭޝަން ޖުމްލަ އަދަދަށްވުރެ އިތުރުވާނަމަ ހުށަހަޅާފައިވާ އެޖެންސީތަކަށް ހުށަހެޅި އެޕްލިކޭޝަންގެ ނިސްބަތުން އޮފަރ ލެޓަރގެ ފުރުޞަތު ދެވޭނީ  އޭޖެންސީތަކަށް ހަމަހަމަ އުސޫލަކުންނެވެ. އަދި ބޭނުންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާނަމަ، ހުށަހަޅާ އެޖެންސީތަކަށް އިތުރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.

އޮފަރ ލެޓާރ ދޫކުރާތާ 10 ދުވަހުގެ ތެރޭގައި ވޯކްޕާމިޓަށް ބޭނުންވާ ޑޮކިއުމަންޓްތައް މި މިނިސްޓރީއަށް ހުށަހަޅައި އަދި ވޯކްޕާމިޓް ލިބޭތާ 1 މަސްދުވަހުގެ ތެރޭގައި ވަޒީފާ ދިން ފަރާތް މި މިނިސްޓްރީއަށް ރިޕޯޓް ނުކޮށްފިނަމަ އެފަރާތެއްގެ ވޯކްޕާމިޓް ކެންސަލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މައުލޫމާތު

އަލަށް ގެނެވޭ ބިދޭސީން އެ މީހަކު ރާއްޖެ އައުމަށް ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް، ޓިކެޓުގެ ކޮޕީއެއް އަދި ގެސްޓް ހައުސްގެ ރިޒަވޭޝަން 3 ދުވަސްކުރިން މި މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި އެމީހަކު ހުރުމަށް ހަމަޖެހިފައިވާ ގެސްޓް ހައުސް ނުވަތަ ހޮޓަލަކާއި ހަމައަށް ގެންދިއުމަކީ އެޖެންސީގެ ޒިންމާއެކެވެ.

އެ ބިދޭސީއަކު މަސައްކަތް ކުރަން މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މަރުކަޒަކަށް ބިދޭސީ މީހާ  ފޮނުވުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖެއްސުމުން އެ މަރުކަޒުތަކަށް އެ މުވައްޒަފުން ފޮނުވާނީ އެޖެންސީތަކުންނެވެ. އެޕްލިކޭޝަން ބަލައިގަންނީ 09 ނޮވެމްބަރ 2015 ވާ ހޯމަ ދުވަހަުގެ 12:00ގެެ ނިޔަލަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަމްބަރަކީ 3014343 އަދި އީމެއިލް [email protected]ފޮނުވުން އެދެމެވެ.

29 އޮކްޓޫބަރު 2015
ހޯދާ