ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ގެ ބޭނުމަށް 1 އަހަރުދުވަހަށް ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މިކުންފުނީގެ ބޭނުމަށް 1 އަހަރުދުވަހަށް ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ 

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 ނޮވެންބަރު 8 ވާ ދުވަހު 1000 ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ނޮވެންބަރު 8 ވާ ދުވަހު އީމެއިލް މެދުވެރިކޮށެވެ.

މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށް 2015 ނޮވެންބަރު 8 ވަނަ ދުވަހު 1400 ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ނޮވެންބަރު 9 ވާ ދުވަހުގެ 1500 ގެ ކުރިން އީ-މެއިލްގެ ޒަރިއްޔާއިން ފޮނުވަންވާނެއެވެ. އަދި 2015 ނޮވެންބަރު 12 ވަނަ ދުވަހުގެ ކުރިން މި ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ނޮވެންބަރު 19 ވަނަ ދުވަހު 1500 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:, 3344224 3344196

ފެކްސް:  3344633

އީމެއިލް: [email protected]

 

26 އޮކްޓޫބަރު 2015
ހޯދާ