ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުކައި ހުރި ބައެއްތަކެތި ނީލަންކިޔުމަށް

މިސްކޫލުގެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިރީގައި މިދަންނަވާ ބައުތަކެތީގެ ނީލަން ކިޔުން 15 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި   ދާލު އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި އޮންނާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު:

  • ނީލަންކިޔާ ތަކެތި ބައިބަޔަށް (ލޮޓް) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައިވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރީންގެ ހާޒިރުގައެވެ. 3 ބައިވެރީން ހާޟިރު ނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 02 ނުވަތަ 01 ބައިވެރިންގެ ހާޟިރުގައި ކަޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ. ދެވަނަ ފަހަރަށް މުދާ ނީލަންކިޔުމަށް އިޢުލާން ކުރުމުން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވެއްޖެނަމަ  އެމުދާ ނީލަންކިޔުމުގެ އުޞޫލުގެ 09 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނައްތައިލެވޭނެއެވެ.

                      ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުމަށް، މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުންއެދެމެވެ.  ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަސްތެރޭގައި ނީލަމުން ނެންގެވި ތަކެތި ނީލަންކިޔާ ސަރަޙައްދުން ގެންދަވަންވާނެއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

 

5 ނޮވެމްބަރ 2025

05 ނޮވެންބަރު 2025
ހޯދާ