މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އޮޑިދޯނި އެހެލާ ސަރަޙައްދުގައި ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތަކާއި ގުޅޭ

     މިރަށުގައި އޮޑިދޯނި އެހެލާ މަރާމާތުކުރުމަށް ޚާއްސަ ސަރަޙައްދެއް ކަނޑައެޅި، ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދުގެ ތެރެއިން މިއިދާރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ހުއްދަދެވިފައިވެއެވެ. ނަމަވެސް، ދެންނެވުނު ސަރަޙައްދުގައި ރަޖިސްޓަރީނުކޮށް އުޅަނދުފަހަރު ހުރިކަން މި އިދާރާއަށްވަނީ ފާހަގަކުރެވިފައެވެ.

     ދަންނަވަމެވެ. އެހެލާ އުޅަނދުފަހަރުގެ ތެރެއިން ރަށަށް ނިސްބަތްވާ އުޅަނދުފަހަރަށް އެހެލާ ދުވަހުންފެށިގެން 30 ދުވަހުގެ މުއްދަތެއް ފީއަކާނުލައި ލިބޭނެއެވެ. ވީމާ، މިގޮތަށް ރަޖިސްޓަރީނުކޮށް އޮޑިދޯނިއެހެލާ ސަރަޙައްދުގައި މަރާމާތުކުރަމުންދާ ފަރާތްތަކުން 20 ނޮވެންބަރު 2025 ވަނަ ދުވަހުގެ ކުރިން މިއިދާރާގައި ރަޖިސްޓަރީކުރެއްވުންއެދެމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ނޮވެންބަރު 2025
ހޯދާ