ދިވެހިރާއްޖެ
ވިޔަފާރި ބިން ކުއްޔަށް ދޫކުރުމާބެހޭ
މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 25 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ބިމުގެ ކެޓަގަރީ
| 
 ތަފްސީލް  | 
 ބިމުގެ އަދަދު  | 
 ބިމުގެ ބޮޑުމިން  | 
| 
 (1) ރީޓެއިލް ވިޔަފާރި  | 
 74 ނަންބަރ ކޮށިން 5 ބިން  | 
 1500 އަކަފޫޓު 5 ބިން  | 
| 
 (2) ކެފޭ، ރެސްޓައުރެންޓް، ރިއަލްސްޓޭޓް، ފިހާރަ  | 
 71 ނަންބަރ ކޮށިން 2 ބިން  | 
 1600 އަކަފޫޓު 2 ބިން  | 
| 
 (3) ކެފޭ، ރެސްޓައުރެންޓް، ރިއަލްސްޓޭޓް، ފިހާރަ  | 
 86 ނަންބަރ ކޮށިން 2 ބިން  | 
 1500 އަކަފޫޓު 2 ބިން  | 
| 
 #  | 
 ތަފްސީލް  | 
 މާކުސް  | 
| 
 1  | 
 ބިމުކުލި)މިބަޔަށް މާރކްސް ދޭނީ އެންމެ ބޮޑެއް އަގެއް ހުށަހަޅާ އަގަކީ ބެންޗް މާކް ކަމުގައި ބަލައިގެން ކްރައިޓީރީއާއަށް ދެވިފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.(  | 
 50  | 
| 
 2  | 
 ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ.  | 
 20  | 
| 
 3  | 
 އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް.  | 
 20  | 
| 
 4  | 
 ބީލަން ހުށަހަޅާ ކެޓަގަރީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ.  | 
 10  | 
މާކުސް ދެވޭ މިންގަނޑު:
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 09 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
 - ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.
 - މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް
 
މައުލޫމާތު ދިނުން.
- ބީލަންވެރިންނަށް މައުލޫމާތު އޮންނާނީ 09 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
 - މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލައެއްވާނަމަ އީމެއިލް ކުރައްވާނީ 09 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލުގެ [email protected] މެއިލަށެވެ.
 
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން:
- ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 13 ނޮވެމްބަރ 2025 ވަނަ ދުވަހު 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
 
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކުސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 6820020، މޯލްބައިލް: 7916100
އީމެއިލް:[email protected]
