މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ބާއްވާ ޙަފްލާއަކަށް ކޭޓަރކޮށް ދެއްވާނެ ފަރާތެއް ހޯދުން

މި ކުންފުނިން ބާއްވާ ޙަފްލާއަކަށް ކޭޓަރކޮށް ދެއްވާނެ ފަރާތެއް ހޯދުން

1- މަޢުލޫމާތު

ތިރީގައި މިދަންނަވާގޮތުގެ މަތިން 150-200 ދެމެދުގެ ޢަދަދުގެ މީހުންނަށް، ގޮނޑި/މޭޒާއެކު ރޭގަނޑުގެ ފަރިއްކޮޅެއް އިންތިޒާމުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ. (އިވެންޓް ކަލަރކޯޑާ އެއްގޮތަށް ގޮނޑިތަކާއި މޭޒު ފޮތިއަޅާފައި / ކަލަރކޯޑް ހޮވޭ ފަރާތަކަށް ހިއްސާ ކުރެވޭނެ)

އިވެންޓް އޮންނާނެ ތާރީޚު:  26 ނޮވެންބަރު 2015 (ބުރާސްފަތި) ދުވަހުގެ ރޭގަނޑު

ގަޑި:  20:00 ރޭގަނޑު

ތަން:  ނެޝަނަލް އާރޓް ގެލަރީ    

އިތުރަށް ބޭނުންވާ ތަކެތި:  15  މޭޒު / ގޮނޑި ފޮތިއަޅާ ތައްޔާރުކުރުން

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ، ރަސްމީ ދުވަސްތަކުގެ ހެނދުނު  09:00 އިން މެންދުރު 16:00އާ ދެމެދު ނަންބަރު 3009211،3009214 ފޯނާ ގުޅުއްވުން އެދެމެވެ.

2- މާރކްސް ދެވޭނެ މިންގަނޑު:

  • އަގު:   %40
  • ތަޖުރިބާ: %30
  • ކޮލިޓީ:  %30

3- އިތުރު ކަންތައްތައް

  • ކުންފުނީގެ ޕްރޮފައިލް
  • ކުންފުނީގެ ރެޖިސްޓްރޭޝަން އަދި ޖީ.އެސްޓީ ސެޓްފިކެޓް
  • ރިފެރެންސް ސިޓީ (މަދުވެގެން 2 ސިޓީ)

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 ނޮވެންބަރު 2015 ވާ ބުދަ އާދީއްތަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 3 ވަނަ ފަންގިފިލާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި "ކޭޓަރކޮށް ދިނުން އެދި" މިހެން ޖައްސަވައި ދެއްވުން އެދެމެވެ.

14 މުޙައްރަމް 1437

28 އޮކްޓޫބަރު 2015
ހޯދާ