މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ސްޓޭމްޕް ކުރަހައިދޭނެ ފަރާތެއް ހޯދުން

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ސްޓޭމްޕް ކުރަހައިދޭނެ ފަރާތެއް ހޯދުން

1. ސްޓޭމްޕް ކުރެހުމާބެހޭ މަޢުލޫމާތު

  • މި ކުންފުނިން ޙަވާލުކުރާ ފޮޓޯތަކަކާ އެއްގޮތަށް ސްޓޭމްޕް ކުރަހައި ދިނުން.
  • ސްޓޭމްޕްތައް ހުންނަންވާނީ އަތު ކުރެހުމުންނެވެ.
  • ކުރެހުމަށް ހަމަޖެހިފައިވަނީ 20 ސްޓޭމްޕްއެވެ.
  • ސްޓޭމްޕްތައް ހުންނަންވީ ސައިޒުތަކާ ކަމާބެހޭ އިތުރު މަޢުލޫމާތު މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަށް ޙަވާލުކުރެވޭނެއެވެ.
  • ޕްރޮޕޯރސަލް ހުށަހެޅުމުން ހޮވޭ ފަރާތަކަށް ސްޓޭމްޕްގައި ހިމެނެންވާ މަންޒަރުތަކުގެ ނަމޫނާ ޙަވާލުކުރެވޭނެއެވެ.
  • ހޮވޭ ފަރާތުން ސްޓޭމްޕްތައް ކުރަހާ ނިންމައި 19 ނޮވެންބަރު 2015 ވަނަ ދުވަހުގެ ބަންދުވުމުގެ ކުރިން ހުށަހަޅަންވާނެއެވެ.
  • މި މަސައްކަތް ކޮށްދިނުމަށް ހޮވޭ ފަރާތުން ސްޓޭމްޕްތައް ކުރަހާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާޢި ޙަވާލުކުރުމަށްފަހު މި ކުރެހުންތަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ ގެނައުމުގެ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.
  • މިކަމާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 9.11.2015 ވަނަ ދުވަހުގެ 13:30 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ހާޒިރުވެ ވަޑައިގެން ދެއްވުން އެދެމެވެ.

2- އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް މާރކްސް ދެވޭނެ ގޮތް.

   މަސައްކަތުގެ އަގު: %50

   މަސައްކަތުގެ ތަޖްރިބާއާ ކޮލިޓީއަށް: %50

3- އިތުރު ކަންތައްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަސައްކަތުގެ ތަޖުރިބާއާއި ޤާބިލުކަން އަދި މަސައްކަތުގެ ކޮލިޓީ ސާބިތުކޮށްދޭނެ ލިޔުންތައް
  • އަމިއްލަ ފަރުދެއްނަމަ: އައި.ޑީ. ކާޑުގެ ކޮޕީ
  • ކުންފުންޏެއްނަމަ: ޕްރޮފައިލް' ކުންފުނީގެ ރަޖިސްޓަރީ ކޮޕީ،ޖީ. އެސް.ޓީ  ރަޖިސްޓަރީގެ ކޮޕީ

4 - ޕްރޮޕޯސަލް ހުށަހެޅުން: 17 ނޮވެންބަރު 2015 –13:30

ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް- 5 ވަނަ ފަންގިފިލާ

5 - މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯސަލްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. އަދި މިނޫންވެސް ސަބަބެއް ދިމާވެގެން ޕްރޮޕޯރސަލް ބާޠިލުކުރަން ޖެހިއްޖެ ހިނދެއްގައި ޕްރޮޕޯސަލް ބާޠިލުކުރުމުގެ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.

01 ނޮވެންބަރު 2015
ހޯދާ