ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގައި 6 ކްލާސްރޫމް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަން
މި ސްކޫލުން 28 ޖޫން 2015 ގައި ކުރެވުނު، މި ސްކޫލުގެ އިޢުލާން ނަންބަރު GS-144/2015/IUL/13 ބާޠިލުކޮށް އަލުން އިޢުލާން ކުރެވުނު ވާހަކަ ދަންނަވަމެވެ.
ވީމާ، މި ސްކޫލުން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިސްކޫލުގައި 6 ކްލާސްރޫމް ހަދައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
10 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 |
24 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.
19 މުޙައްރަމް 1437