އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ސްކްރަބް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޑޮކްޓާސް ސްކްރަބް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، މިހޮސްޕިޓަލުން ކަނޑައަޅާފައިވާ ޑިޒައިނާއި، ކަނޑައެޅިފައިވާ ކުލަތަކަށްފެތޭގޮތަށާއި، އަދި ހަމަޖައްސާފައިވާ އެންމެހާ އުޞޫލުތައް ފުރިހަމަވާގޮތަށް، މިހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ، އެންމެހާ ޑޮކްޓަރުންނަށް ބޭނުންވާ ސްކްރަބް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު:TENDER/URH/2025/23  އާއި ގުޅިގެން، ހުށައެޅުއްވި އަންދާސީ ހިސާބު އެކަށީގެންވާ މިންވަރަށްވުރެން ބޮޑުކަމަށް ފެންނާތީވެ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިހެންކަމުން، މިތަކެތި ސަޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައި އިރުޝާދުދެވިފައިވާގޮތަށް، އެމަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށައެޅުއްވުން

ތާރީޚް: 2025 ނޮވެމްބަރ 13 - ބުރާސްފަތި

ގަޑި: ހެދުނު 11:00 ގައި

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް

މިއިޢުލާނާއިގުޅޭ މައުލޫމާތު ޝީޓާއި، ކުރެހުންތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

02 ނޮވެމްނަރ 2025

02 ނޮވެންބަރު 2025
ހޯދާ