ދިވެހިރާއްޖެ
އިޢުލާން
ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ތެރެއިން ޤާނޫނީ ބެލެނިވެރިކަން ޙަވާލުކުރެވޭ ފަރާތްތައް ތަމްރީން ކުރުމަށް ބޭނުންކުރެވޭ މެނުއަލްއެއް ތައްޔާރު ކުރުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)459-A/1/2015/104 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
20 މުޙައްރަމް 1437