މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ތިން ރަށެއްގައި (ޏ. ފުވައްމުލައް، ލ. ފޮނަދޫ އަދި ފ. ނިލަންދޫ) ހޮސްޕިޓަލް ޑިޒައިންކުރުމާއި ސުޕަރވައިޒް ކޮށްދޭން ކޮންސަލްޓަންސީ ފާރމެއް ހޯދުމުގެ މަސައްކަތް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު   

(ޕްރޮޖެކްޓް ނަންބަރު: TES/2025/C-006)

 

1. ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި  ހިންގަމުންދާ ހެލްތު ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުންތިން ރަށެއްގައި (ޏ. ފުވައްމުލައް، ލ. ފޮނަދޫ އަދި ފ. ނިލަންދޫ) ހޮސްޕިޓަލް ޑިޒައިންކުރުމާއި ސުޕަރވައިޒް ކޮށްދޭން ކޮންސަލްޓަންސީ ފާރމެއް ހޯދަމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް، މަތީގައި ދެންނެވިފައިވާ މަސައްކަތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.  ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން) ހުށަހަޅަން ވާނެއެވެ. މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ހިމެނިފައިވާނެވެ.

3. މި ކޮންސަލްޓެންސީގެ ޚިދުމަތްތަކު ތެރޭގައި  (i) ސަރވޭ އަދި ޕްރެލިމިނަރީ ޑިޒައި ހެދުން؛  (ii) ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން؛ (iii) އީއައިއޭ ރިޕޯޓު ތައްޔާރުކުރުން؛ (iv) ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުން؛ (v) ކޮންޓްރެކްޓަރުންގެ މަސައްކަތްތައް ސުޕަރވައިޒް ކުރުން ހިމެނެވެ.

4. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޮރ ދަ ޔޫސް އޮފް ކޮންސަލްޓަންޓްސް' ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮލިޓީ އެންޑް ކޮސްޓް-ބޭސްޑް ސެލެކްޝަން (ކިއު.ސީ.ބީ.އެސް)ގެ  އުޞޫލުންނެވެ.

5. ކޮންސަލްޓަންޓުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު އިތުރު ކުރުމަށްޓަކައި އެހެން ފަރާތްތަކާއިއެކު ޖޮއިންވެންޗަރ ނުވަތަ އެސޯސިއޭޓް ވެވިދާނެއެވެ. ނަމަވެސް މިމަސައްކަތަށް އެފަރާތެއް ހޮވިއްޖެނަމަ، އެ ޖޮއިންޓްވެންޗަރގައި ހިމެނޭ ހުރިހާ ފަރާތްތަކުން ކޮންޓްރެކްޓުގައި ބަޔާންކުރާ އެންމެހާ ޒިންމާތައް އަދާކުރަންވާނެއެވެ.

6. މިމަސައްކަތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 30 އޮކްޓޫބަރު 2025ވާ ބުރާސްފަތި ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

7. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހު 14:00:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  :  3349113 960+ ,3349106 960+ ,3349147 960+

އީމެއިލް : [email protected]

ކޮޕީ  : [email protected]

30 އޮކްޓޫބަރު 2025
ހޯދާ