ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/114

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

 

މަޤާމް:

 އެސޯސިއޭޓް ލީގަލް ކައުންސިލް (އިންޓާރން)

ޑިޕާޓްމަންޓް/ސެކްސަން:

 ލީގަލް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

 01

މަސައްކަތުގެ ބާވަތް:

 -   ޓްރައިބިއުނަލް އާއި ކޯޓުތަކުގައި ކުންފުނި ތަމްސީލުކުރުން

  -  ކުންފުނީގެ ޤާނޫނީ ލަފާ ބޭނުންވާ އެންމެހައި ކަންކަމުގައި ޤާނޫނީ ލަފާ ދިނުން

  - ކުންފުނީގެ ޤަވާޢިދުތަކާއި އުސޫލުތައް އިޞްލާޙުކޮށް ޑްރާފްޓްކުރުން

  -  މަސްއޫލިއްޔަތުތަކާ ގުޅިގެން ކުންފުނިން ހަވާލުކުރާ އެންމެހައި މަސައްކަތްތައް     ކުރުން

ޝަރުތުތައް:

-   ލީގަލް ދާއިރާއިން ޑިގްރީއެއް އޮތުން އަދި މަދުވެގެން 2 އަހަރު ދުވަހު      ތަޖުރިބާ ހުރުން                                     

  -  ގާނޫނީ އުސޫލްތައް އެގުން އަދި ކޮމްޕްލެކްސް ޤާނޫނީ މައްސަލަތައް ތަހުލީލު  ކުރުމުގެ ގާބިލުކަން ހުރުން

ވަޒީފާގެ ބާވަތް:

 ވަގުތީ (6 މަސް ދުވަސް)

މަހު މުސާރަ:

 8,000ރ

ޑިޕާޓްމަންޓް:

 ލީގަލް ޑިޕާރޓްމަންޓް އެފް. އެސް. އެމް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

30 އޮކްޓޫބަރ 2025

30 އޮކްޓޫބަރު 2025
ހޯދާ