ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމު:  ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެމް. އެސް. 2

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގުރޭޑް 2

އޮފީސް އިދާރާ: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ / ތ. ކިނބިދޫ

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގައި މަސައްކަތްކޮށްފިނަމަ، ބަންދު  ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ އެހެނިހެން ޢިނާޔަތްތައް ސިވިލް ސަވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް:

  1. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތީން ބަޖެޓް ބެލެހެއްޓުމާއި، ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ރެވެނިއު އެކައުންޓް 1،2 އާއި ޚަރަދު އެކައުންޓް 1،2 އޮޕަރޭޓް ކުރުން.
  2. ބަޖެޓް ތައްޔާރުކޮށް ފޮނުވުން
  3. މާލީ ބަޔާން ތަޔާރުކޮށް ފޮނުވުން.
  4. ޚަރަދުކުރަންޖެހޭ ފައިސާގެ ވައުޗަރުތައް ހަދައި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، މިކަންކަމާބެހޭ ރެކޯޑްތައް ބެލެހެއްޓުން.
  5. ސަރުކާރަށާއި އެހެނިހެން އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ އެފަރާތްތަކަށް ޖަމާކުރުން.
  6. ބަޖެޓާ ބެހޭގޮތުން ހަދަންޖެހޭ ރިޕޯޓުތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ތިޖޫރީ ބެލެހެއްޓުމާއި، ލިބޭ ފައިސާ ގިނަދުވަހު ނުބަހައްޓައި ބޭންކަށް ޖަމާކުރުމުގެ މަސައްކަތް ކުރުން.
  8. އަހަރީ ބަޖެޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުން.
  9. ކްރެޑިޓް ސްކީމްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި، މިކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން.
  10. ބިމު ކުއްޔާއި ކުލީ ބިންތަކުގެ ރެކޯޑް ބެލެހެއްޓުން.
  11. މުދަލު ޒަކާތާއި ފިޠުރު ޒަކާތަށް ލިބޭ ފައިސާއާއި ތަކެތި އޭގެ ޙައްޤުވެރިންނަށް ބަހައިދިނުން.
  12. ކައުންސިލަށް ލިބެންޖެހޭ މިހާތަނަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެ ފައިސާގެ ރެކޯޑްތައް ބަލަހައްޓަމުން ގެންދިއުން.
  13. އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް.

ފެންވަރު ނުވަތަ ޝަރުޠު:

1- ފައިނޭންސް/ އެކައުންޓިންގ/ ބިޒިނަސް އެޑްމިނިސްޓްރޭޝަން / ބިޒިނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސް/ އެކައުންޓިންގ/ ބިޒިނަސް އެޑްމިނިސްޓްރޭޝަން / ބިޒިނަސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ފައިނޭންސް/ އެކައުންޓިންގ/ ބިޒިނަސް އެޑްމިނިސްޓްރޭޝަން / ބިޒިނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސް/ އެކައުންޓިންގ/ ބިޒިނަސް އެޑްމިނިސްޓްރޭޝަން / ބިޒިނަސްމެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- ފައިނޭންސް/ އެކައުންޓިންގ/ ބިޒިނަސް އެޑްމިނިސްޓްރޭޝަން / ބިޒިނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4- ފައިނޭންސް/ އެކައުންޓިންގ/ ބިޒިނަސް އެޑްމިނިސްޓްރޭޝަން / ބިޒިނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 2015 ނޮވެންބަރު 12 އާއި 18 އާ ދެމެދުގެ ދުވަހެއްގައި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގައެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

- އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކާ އެކަންޏެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ލިއުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ، މި ވަޒީފާއަށް ބަދަލުވުމާމެދު، ކަމާބެހޭ ފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ. މެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 9 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ 6780031 ނަންބަރު ފޯނާ ގުޅުމުން، އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ.

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015
ހޯދާ