ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/115

މުވައްޒަފުންބޭނުންވެއްޖެ

 

 

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

 

މަޤާމް:

އޮފިސަރ، އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް/ސެކްސަން:

އެންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-   ކޮންމެ ހަފްތާއަކު ބޯޓްޔާޑްގެ ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން

-   ސެކިއުރިޓީ އަދި ބަދިގެ ސްޓާފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ބެލެހެއްޓުން

-   ހުރިހާ މުވައްޒަފުންގެ ރިކޯޑް ބެލެހެއްޓުން އަދި އަހަރީ ޗުއްޓީއާއި ރަސްމީ   ޗުއްޓީއާއި ހާޒިރީ ބެލެހެއްޓުން

-   ބޯޓްޔާޑްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން

-   ބޯޓްޔާޑް އަދި ބޯޓްޔާޑް ބަދިގޭގެ ބިލްތަކުގެ ހުރިހާ ރިފްރެޝްމަންޓް ބިލްތަކާއި ޕެޓީ ކޭޝްތަކުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުމާއި، އެކަންކަން ރަނގަޅަށް ލިޔެކިޔުމާއި އެކައުންޓިންގ އަދި އޮޑިޓްގެ ބޭނުމުގައި ފައިލްކުރުން

ޝަރުތުތައް:

-   މައިކްރޯސޮފްޓް އޮފީސް ސޮފްޓްވެއާ ބޭނުންކުރަން އެގުން

-   ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 4 ފާސް ލިބިފައިވުން

-   އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ

މަހު މުސާރަ:

11,000ރ އާއި 12,000ރ އާއި ދެމެދު

ޑިޕާޓްމަންޓް:

އެންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ތިލަފުށި ބޯޓްޔާރޑް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

30 އޮކްޓޫބަރ 2025

30 އޮކްޓޫބަރު 2025
ހޯދާ