މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީއަށް ނަން ހުށަހެޅުމާއި ގުޅޭ

            ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ރަށްރަށުގައި ކުރިއައްގެންދާ ތަރައްޤީގެ މަޝްރޫއުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ވެވޭނެ އުޞޫލުން މަސައްކަތް ކުރިއައްގެންދިއުމަށް ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

            އެހެންކަމުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން މިރަށުގައި އިމާރާތްކުރަމުން ގެންދާ ރަށު ކައުންސިލްގެ އިދާރާގެ މަސައްކަތް ފެންވަރު މޮނިޓަރކުރުމުގެ މަޤްސަދުގައި އެކުލަވާލާ "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ" ގެ ތިރީގައި މިދަންނަވާ ދާއިރާތަކުން މެންބަރަކަށް ވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިޢުލާނާއެކުގައިވާ ގޫގުލްފޯމް ފުރުމަށްފަހު ފޮނުއްވުން އެދެމެވެ.

ނަން ހުށަހަޅަންވީ ދާއިރާތައް:

  • ރަށުގެ އާންމުންގެ ތެރެއިން
  • ކްލަބް ނުވަތަ ޖަމިއްޔާގެ ތަކުން
  • އިސްރަށްވެހިންގެ ތެރެއިން
  • ޒުވާނުންގެ ތެރެއިން
  • މަސައްކަތުގެ ފަންނީ ކަންކަމަށް ހާއްސަ މެންބަރ

ގޫގުލް ފޯމް ލިންކް: https://forms.gle/N7keuHDmB1CLsn8ZA

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

30 އޮކްޓޫބަރު 2025
ހޯދާ