ދިވެހިރާއްޖެ
ޢިއުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސްޑް އިންޓަގްރޭޓެޑް ފްރޭމްވާރކް ޕްރޮގްރާމް (އީ. އައި. އެފް) ގެ ދަށުން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް ފެސިލިޓޭޝަން ޕްރޮޖެކްޓަށް ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ޕްރޮޖެކްޓް އޮފިސަރ |
އަދަދު: 1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު:
|
މުސާރަ (އެހެނިހެން ޢިނާޔަތާއި ޕެންޝަން ހިމެނޭގޮތުގެމަތިން): ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު -/20،046 ރުފިޔާއާއި -/21،588 ރުފިޔާއާ ދެމެދުގެ އަދަދެއް. |
ވަޒީފާގެ މުއްދަތު: 31 ޖުލައި 2016 ގެ ނިޔަލަށް. |
މަޤާމް: ޕޮލިސީ އޮފިސަރ |
އަދަދު: 1 (އެކެއް) |
ފެންވަރު ނުވަތަ ޝަރުޠު:
|
މުސާރަ (އެހެނިހެން ޢިނާޔަތާއި ޕެންޝަން ހިމެނޭގޮތުގެމަތިން): 20,046.00 ދިވެހި ރުފިޔާ (އެހެނިހެން ޢިނާޔަތާއި ޕެންޝަން ހިމެނޭގޮތުގެ މަތިން) |
ވަޒީފާގެ މުއްދަތު: 31 ޖުލައި 2016 ގެ ނިޔަލަށް |
މަތީގައި ބަޔާންކުރެވިފައިވާ ވަޒީފާއާ ގުޅުންހުރި އިތުރު މަޢުލޫމާތާއި، އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ތަފްޞީލް ޓާރމްސް އޮފް ރެފަރެންސް، މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2015 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހައި ސޮއިކޮށްފައި)، ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅާނީ، ސީލްޑްކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "Job Application for EIF Tier 2 –Policy Officer/Project Officer" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 އާ ދެމެދު 3333180 ނަންބަރު ފޯނަށް ނުވަތަ 3333174 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.
16 މުޙައްރަމް 1437