މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބާއްވާ 79 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންދެވޭ އެވޯޑްތަކާގުޅޭ

އިޢުލާން

      މި ވުޒާރާގެ އިއުލާން ނަންބަރު (IUL)23-PIIR(ICS)/23/2025/235 (2025 ޖުލައި 31)އާއި ހަވާލާދީ ދަންނަވަމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުންއަންނަ އިނާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އެޖަމުއިއްޔާއިން ވަނީ 2025 ނޮވެންބަރު 13 (ބުރާސްފަތި) ދުވަހާ ހިސާބަށް އިތުރު ކުރެވިފައެވެ.

      ވީމާ، މި އިނާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 13 ނޮވެންބަރު 2025 (ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް އެޑްރެސްކޮށް ފޯމު ހުށަހެޅުމަށް އެދި ދެންނެވީމެވެ. އަދި މި ޑިވިޜަންގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެއެވެ.

      މި އިނާމުތަކާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. https://apps.who.int/gb/awards/)) މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން (3014375) އަށް ގުޅުއްވުން އެދެމެވެ. 

      

30 އޮކްޓޫބަރު 2025
ހޯދާ