ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވ. އަތޮޅު ފުޓްސަލް މުބާރާތް 2025" ކެންޓީނުގެ ޚިދުމަތް ފޯރުކޮށްދިނުން

     މި ކައުންސިލުން އިންތިޒާމްކޮށްގެން 08 ނޮވެމްބަރ 2025 ން 13 ނޮވެމްބަރ 2025 އަށް "ވ. އަތޮޅު ފުޓްސަލް މުބާރާތް" ނަމުގައި އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ވ.ފެލިދޫގައެވެ. މުބާރާތުގެ މެޗުތައް ރޭވިފައިވަނީ ހަވީރުގައި ކުރިއަށް ގެންދާގޮތަށެވެ.

           މި މުބާރާތް ހިނގަމުންދާ ދުވަސްވަރު ވ.ފެލިދޫ ފުޓްސަލް ދަނޑު ސަރަހައްދުގައި ކެންޓީނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ކެންޓީނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން މި އިދާރާއަށް އެއްވެސް ފީ އެއް ދައްކާކަން ނުޖެހޭނެއެވެ. އަދި 01 (އެކެއް) ފަރާތަށްވުރެ ގިނަ ފަރާތުން މި ކަމަށް އެދި ހުށަހަޅައިފިނަމަ، ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ނިންމާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

 

#

ކެންޓީނުގެ ޚިދުމަތަށް އެދި ހުށަހެޅުން

ގުރުއަތު ނެގުން

 

04 ނޮވެމްބަރ 2025، 11:00

04 ނޮވެމްބަރ 2025، 11:15

 

                 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

 

ނޯޓް: މި ފުރުޞަތަކީ އާއްމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއްކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު:

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: 6700502، ވައިބަރ: 7949275، އީމެއިލް: [email protected]

30 އޮކްޓޫބަރު 2025
ހޯދާ