|
|
|
ވަޒީފާގެ ފުރުޞަތު
|
ނަންބަރު:
|
(IUL)201-A/1/2025/19
|
|
ތާރީޚް:
|
29 އޮކްޓޯބަރ 2025
|
|
|
|
މަޤާމް:
|
ޕްރޮކިއުމަންޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން
|
|
އަސާސީ މުސާރަ:
|
6,950.00 ރ
|
ސާވިސް އެލަވަންސް:
|
2,500.00 ރ
|
|
ނޮންޕްރެކްޓިސިންގ އެލަވަންސް:
|
3،127.50 ރ
|
ޖޮބް ސްޕެސިފިކް އެލަވަންސް:
|
1،500.00 ރ
|
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
|
ފެންވަރު ނުވަތަ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެކައުންޓިންގ، ފައިނޭންސް، ޕްރޮކިއުމަންޓް، ބިޒްނަސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެކައުންޓިންގ، ފައިނޭންސް، ޕްރޮކިއުމަންޓް، ބިޒްނަސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެކައުންޓިންގ، ފައިނޭންސް، ޕްރޮކިއުމަންޓް، ބިޒްނަސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
- ޕްރޮކިޔުމަންޓާބެހޭ އެންމެހައި މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން އެމަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން
- އޮތޯރިޓީއަށް ބޭނުންވާ މުދާގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތް ކުރުވާނެ ފަރާތްތައް، މިގަވާއިދުގައިވާ ގޮތުގެމަތިން ހޯދުމާއި، ޕްރޮކިޔުމަންޓާބެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ހިންގުމާއި، ބެލެހެއްޓުން
- ބިޑް ކޮމިޓީގެ އެންމެހައި އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، ބިޑް ކޮމިޓީގެ ލިޔެކިޔުންތައް ޤަވައިދުން ބެލެހެއްޓުން
- އޮފީސް އިމާރާތުގެ މަރާމާތް ކުރަންޖެހޭ ހާލަތްތަކުގައި އެކަންކަން އެޑްމިނިސްޓްރޭޝަން މުވައްޒަފުންނާ ގުޅިގެން ބެލެހެއްޓުން
|
|
ހުށަހަޅަންޖެހޭ ލިޔުން:
|
- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ
- ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އޮފީހެއްގެ ތަފާތު މަޤާމުތަކުގައި އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
5. 3. މަސްނުވާ ޕޮލިސް ރިޕޯޓް
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:
|
12 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް
|
|
އިންޓަރވިއު ކުރުން:
|
- އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 17 ނޮވެމްބަރ 2025 އިން 24 ނޮވެމްބަރ 2025 އާ ދެމެދު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައެވެ.
- އިންޓަރވިއުއަށް ހާޒިރުވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހެޅުއްވި ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.
- މި މުއްދަތުގައި އިންޓަރވިއު ނުބޭއްވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އަންގާނެއެވެ.
|
|
ނޯޓް:
|
- ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
|