އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީންދޭ ބައެއް ހިދުމަތްތައް އަވަސްކުރުމާއި ފެންވަރު ރަނގަޅުކުރުން

މިއެޖެންސީން ދޭ ބައެއް ޚިދުމަތްތައް އަވަސްކުރުމަށާއި ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަންނަނިވި ބަދަލުތައްވަނީ ގެނެވިފައެވެ.

1. ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދައަށް އެދޭ ފޯމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ލިބެނީ އީ.އައި.އޭ މަރުހަލާގެ ތެރެއިން ކަމަށްވުމާއެކު ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ތައްޔާރުކުރާ ރިޕޯޓުތަކާއެކު ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދައަށް އެދޭ ފޯމު ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިފޯމާމެދު ނިންމިގޮތް، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ދޫކުރާ ތިމާވެށީގެ ނިންމިގޮތުގެ ލިއުމާއެކު ދޫކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

2. ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް ބޭނުންވާ ޓާރމްސް އޮފް ރެފަރަންސް ފާސްކުރުމާއެކު ފަޅު ފުންކުރުމާއި، ބިންހިއްކުމާއި، ރުއްގަސް ކެނޑުމާއި، އުފުރުމާއި ނެގުމަކާ ނުލައި އަދި ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް އަންނަނިވި ކަންތައްތައް ކުރުމަށް މިއެޖެންސީން ހުއްދަ ނަގަން ނުޖެހޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

 I.  މަސައްކަތް ފެށުމަށް ތައްޔާރުވުމަށްޓަކައި ސައިޓަށް ބޭނުންވާ މުދަލާއި މެޝިނަރީ އަރުވައި ޖަމާކުރުން.

 II. މަސައްކަތް ކުރާމީހުން ދިރިއުޅުމަށް، ވަގުތީ ހިޔާ ހެދުން.

 III. މަސައްކަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުން.

3. ރިޕޯޓު ތައްޔާރުކުރާ ކޮންސަލްޓަންޓުންގެ އަހަރު ދުވަހުގެ މަސައްކަތުގެ ތަފާސްހިސާބު ހާމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނޭނީ އަންނަނިވި މަޢުލޫމާތުތަކެވެ.

  I. އަހަރު ދުވަހުގެ ތެރޭގައި ހުށަހެޅި ޖުމުލަ ރިޕޯޓުތަކުގެ ތަފާސްހިސާބު.

 II. މުރާޖަޢާކުރުމަށްފަހު ފާސްކުރެވުނު ރިޕޯޓުތައް، އިތުރު މަޢުލޫމާތައް ހުށަހެޅުނު ރިޕޯޓުތައް އަދި ރިޕޯޓުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޤަބޫލުނުކުރެވުނު ރިޕޯޓުތަކުގެ ތަފާސްހިސާބު.

 ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

28 އޮކްޓޫބަރު 2015
ހޯދާ