ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިލިބޭ ފަރާތްތަކުގެ ލިސްޓުން އެއްފަރާތް އުނިކުރެވިފައިވާތީ ހުސްވެފައިވާ ގޯތި ލިބޭފަރާތެއް ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުމުގެ ބައްދަލުވުން

އިޢުލާން

ތާރީޚް:

28 އޮކްޓޫބަރު 2025

ނަންބަރު:

(IUL)401-E/401/2025/60

6 ޖުމާދުލްއޫލާ 1447

އިޢުލާނުގެ ވަނަ:

1

 

 

 

މިއިދާރާގެ ނަންބަރު (IUL)401-E/401/2025/59 (12 އޮކްޓޫބަރ 2025 ) އިޢުލާނާއި އެކު އާންމުކުރެވިފައިވާ ލިސްޓުން އެއްފަރާތް އުނިކުރެވިފައިވާތީ ހުސްވެފައިވާ ގޯތި ލިބޭފަރާތެއް ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުމުގެ ބައްދަލުވުން 2025 ނޮވެމްބަރު 05 ވާ ބުދަ ދުވަހު 21:00 ގައި މެދުއަވަށު އިޖުތިމާޢީ މަރުކަޒުގައި އޮންނާނެއެވެ.

ގުރުއަތުނެގުމުގެ ބައްދަލުވުމަށް މިއިޢުލާނާއެކު އާމުކުރެވިފައިވާ ލިސްޓްގައިވާ ހުރިހާ ބޭފުޅުން ވަޑައިގެން ދެއްވުން އެދެމެވެ.  ލިސްޓްގައިވާ ފަރާތަށް ގުރުއަތުގައި ބައިވެރިވެވެން ނެތްނަމަ ބަދަލުގައި ބޭފުޅަކު ހަމަޖައްސަވާ 2025 ނޮވެމްބަރު 04 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން އެކަން މިއިދާރާއަށް އެންގެވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ގުރުއަތުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެބޭފުޅެއްގެ އައިޑީކާޑު ގެންނެވުން އެދެމެވެ. ގުރުއަތުނެގުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނާއި އަދި ބަދަލުގައި ބޭފުޅަކު ނުފޮނުއްވަވާ ފަރާތްތަކުގެ ގުރުއަތު ނަގާނީ ގޯތިކޮމެޓީން ކަނޑައަޅާ ފަރާތަކުންނެވެ.

           

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން : 6800082

އީމެއިލް:  [email protected]

 

 

 

 

28 އޮކްޓޫބަރު 2025
ހޯދާ