މާލެއަތޮޅު ގާފަރު ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ގާފަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                                                              އިޢުލާން ނަންބަރ: GS147-C/2025/16

  

 2026 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. 2026 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޮކްޓޯބަރ 29 އިން 2025 ނޮވެމްބަރ 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:000 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެމްބަރ 05 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ނޮވެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގާފަރު ސްކޫލް

 ކ.ގާފަރު

ފޯން: 6640577

އީ-މެއިލް: [email protected]

                                      07 ޖުމާދަލްޢޫލާ 1447

29 އޮކްޓޫބަރު 2025
ހޯދާ