އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓަރ (ކޮންޓްރެކްޓް) - ފައިނޭންޝަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓް

 

ސީނިއަރ އޮޑިޓަރ (ކޮންޓްރެކްޓް)

މަޤާމު

އޮޑިޓަރ ޖެނެރަލްގެ އޮފީސް  

މަސައްކަތް ކުރަންޖެހޭތަން  

1

ބޭނުންވާ ޢަދަދު

ފައިނޭންޝަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓް

ޑިޕާޓްމަންޓް

-/16,225ރ.

އަސާސީ މުސާރަ

-/7,575ރ.

މަޤާމުގެ އެލަވަންސް

-/205ރ. (ހާޒިރުވާ ދުވަހަކަށް)

ހާޒިރީ ޢިނާޔަތް

-/250ރ.

ފޯނު އެލަވަންސް

  1. އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އަސާސީ ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

އެހެނިހެން ޝަރުތު

  1. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ތާރީޚްތަކަށް މަސައްކަތްކޮށް ނިންމުމުގެ ގޮތުންނާއި،  އެތާރީޚްތަކަށް އޮޑިޓް ރިޕޯޓު ޝާއިޢުކުރުމުގެ ގޮތުން އޮޑިޓަރާއި ހަވާލުކުރެވޭ އޮޑިޓެއްގެ ބައިތަކުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން.
  2. އޮޑިޓް ޕްލޭން އެކުލަވާލުމާއި، ޓީމުގެ ހިމެނޭ ޖޫނިއަރ ސްޓާފުންނާއި މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތައް އޮޑިޓް ކުރުމުގެ ބައިނަލް އަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކުރެވެމުންދޭތޯ ބެލުމާއި، އޮޑިޓް ޕްލޭން ފާސްކުރުމަށް އޮޑިޓް މެނޭޖަރަށް ހުށަހެޅުން.
  3. ސީނިއަރ އޮޑިޓަރުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒް ކުރުން.
  4. އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރުބަލައި، އެއޮޑިޓަކާއި ގުޅޭގޮތުން އޮޑިޓުކުރުމަށް ސީނިއާ އޮޑިޓަރާއި ހަވާލުކޮށްފައިވާ އޮޑިޓުގެ ބައިތަކުގެ މަސައްކަތަށް ހޭދަވާ ވަގުތު ބަލައި، އެވަގުތުތަށް، ފާސްކޮށްފައިވާ އޮޑިޓް ޕްލޭނުގައި ހިމެނޭ ވަގުތުތަކާއި އަޅާކިއުން.
  5. އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭ ލިޔެކިޔުންތައް، އެމައްސަލަތަކަށް ބާރުލިއްބައިދޭނެ މިންވަރަށާއި އެއްވެސް އޮޅުމެއްނާރާނެ މިންވަރަށް އެކުލަވާލުން. އޮޑިޓްގެ މަސައްކަތު ކަރުދާސްތައް ޓީމް މޭޓުގައި ރައްކާކުރެވޭނެ މިންވަރަށް އެޕްރޮގުރާމަށް އަހުލުވެރިވުމާއި، އައިޑިއަރ އަދި އެހެނިހެން ކޮމްޕިއުޓަރ ޕްރޮގްރާމްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުން.

މައިގަނޑު މަސްއޫލިއްޔަތުތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

7. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.

8. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެހެނިހެން

12 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348273،3348200  ނަންބަރު  ފޯނަށެވެ.

29 އޮކްޓޫބަރު 2025
ހޯދާ