މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ކޮކޮނަޓް ރިހެބިލިޓޭޝަން ޕްރޮގްރާމަށް ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް

މި މިނިސްޓްރީން ހިންގަމުންދާ ކޮކޮނަޓް ރިހެބިލިޓޭޝަން ޕްރޮގްރާމަށް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު (IUL)492-PS /492/2025/149 ނަންބަރު އިޢުލާނާއި ގުޅިގެން ޝަރުޠު ހަމަވާ އަންދާސީ ހިސާބު ހުށަހަޅާފައިނުވުމުގެ ސަބަބުން މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (މ. ސްޓަރ ކްލައުޑްސް ބިލްޑިންގ 5 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309333 އަދި 3309331 ނަންބަރު ފޯނަށެވެ.

28 އޮކްޓޫބަރު 2025
ހޯދާ