ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
4 ވަނަ އިންޓަރނޭޝަނަލް ވިމަން ޕްލޭރައިޓްސް ތިއޭޓަރ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު
ތުރުކީގެ އިސްތަންބުލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ އިންޓަނޭޝަނަލް ވިމަން ޕްލޭރައިޓްސް ތިއޭޓަރ ފެސްޓިވަލްގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 އިން 15 އަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 ނޮވެންބަރ 2025 ވާ ހޮނިހިރު ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރުއްވައި www.devtiyatro.gov.tr އަށް ހުށަހެޅުއްވުން އެދެމެވެ. އަދި އެކަން މިސެންޓަރުގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސެންޓަރުގެ ނަންބަރު 3336868 އާއި ގުޅުއްވުން އެދެމެވެ.
28 އޮކްޓޫބަރު 2025
ހޯދާ
