ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރާވެރިޔާ ވޮލީ މުބާރާތް 2025" ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ކެއުމުގެ ކަންކަން ހަމަޖައްސައިދޭން ބޭނުންވާ ފަރާތެއް ހޯދުމާއި ގުޅޭ:

              1 ނޮވެމްބަރ 2025 ގައި "ރާވެރިޔާ ވޮލީ މުބާރާތު 2025" ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ރޭގަނޑު ފަރިއްކޮޅު ހަމަޖައްސައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމަވެ. މިކަމާއި ގުޅޭ މައުލޫމާތު ޝީޓް އިއުލާނާއެކު އެއްހީރަސް ކުރެވިފައިވާނެއެވެ.

               ވީމާ، މިކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން 29 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ   11:00 އަށް  ކައުންސިލް އިދާރާއަށް  ވަޑައިގެން  ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ

                   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

                      އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

                        06  ޖުމާދަލްއޫލާ     1447

28 އޮކްޓޫބަރު 2025
ހޯދާ