އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެސްކްޓޮޕް ކޮމްޕިއުޓަރ އަދި މޮނީޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 10 ނޮވެންބަރު 2025 15:56 ގައި ބާތިލް ކުރެވިފައެވެ.


  ނަންބަރ: ASND/GA/IUL/2025/33


މި ކުންފުނީގެ ބޭނުމަށް ޑެސްކްޓޮޕް ކޮމްޕިއުޓަރ އަދި މޮނީޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަސައްކަތަށް ރަޖިސްޓަރވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 ނޮވެމްބަރ 2025 ގެ 15:00 ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރެއްވުމަށް،[email protected]  އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުމުން، ފައިސާ ޖަމާކުރަންވީ ގޮތުގެ ތަފްސީލު މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.  

ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/12،700ރ، (ބާރަ ހާސް ހަތްސަތޭކަ ރުފިޔާ) މި ކުންފުންޏަށް ދައްކަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައެޅޭ މިންވަރު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް ގެރެންޓީ ގޮތުގައިވެސް ހުށަހެޅިދާނެއެވެ.

12 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483 / 7451400      

28 އޮކްޓޫބަރު 2025
ހޯދާ