ދިވެހިރާއްޖެ
ރަށުގައި އުފެދޭ ގާކުނޑި (ގާ، ކޮންކްރިޓް، ސިމެންތިޓިނު އަދި ތަށިމުށި) އެޅުމަށް ކެނދިކުޅުދޫ ބަނދަރު ދެ ފައިކަށި ކައުންސިލުން ހަމަޖެއްސިކަން އަންގަމެވެ.
އިމާރާތް ކުރުމާއި އެހެނިހެން ގޮތްގޮތުން އުފެދޭ ގާކުނޑި އެޅުމަށް މިހާރު ބޭނުން ކުރަމުންދާ "ކަޅިންނާ މަގު" އަދި "ފާރުމަގަށް" ގާކުނޑި އެޅުން މިއަދުން ފެށިގެން ހުއްޓާލުމަށް ދަންނަވަމެވެ. ކައުންސިލުން ގާކުނޑި އެޅުމަށް ހަމަޖައްސާފައިވާ ސަރަޙައްދު ފިޔަވާ އެހެނިހެން ތަންތަނަށް ކުނިއަޅާ ފަރާތްކަށް ''ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ ގަވާއިދު'' (ނަންބަރު: R-217/2014) ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، 28 އޮކްޓޮބަރު 2025 ވާ އަންގާރަ ދުވަހުން ފެށިގެން ރަށުގައި އެކިގޮތްގޮތުން އުފެދޭ ގާކުނޑި އެޅުމަށް ބަނދަރު ދެ ފައިކަށި ބޭނުން ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
6 ޖުމާދަލްޢޫލާ 1447
28 އޮކްޓޯބަރ 2025
