ދިވެހިރާއްޖެ
ނަންބަރު: (IUL)303-ISS/303/2025/70
އިއުލާން
އުނގޫފާރު ކައުންސިލް ވޮލީ ލީގް 2025
ސުރުހީގައި ދެންނެވިފައިވާ ނަމުގައި އުނގޫފާރުގެ އަންހެން ކަނބަލުންނަށް އަމާޒުކޮށް 2025 ނޮވެމްބަރ 20 ވަނަ ދުވަހު ވޮލީ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާތީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ގޫގަލް ފޯމް ބޭނުންކޮށްގެން ޓީމާއި ކުޅުންތެރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދުވެސް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ.
ޓީމު ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 2025 ނޮވެމްބަރ 10 ވާ ހޯމަ ދުވަހުގެ 00:00 ކަމުގައި ދަންނަވަމެވެ. އަދި ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2025 ނޮވެމްބަރ 15 ވާ ހޮނިހިރު ދުވަހުގެ 00:00 އެވެ.
އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި އުނގޫފާރު ކައުންސިލްގެ ނަންބަރު 6580118 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ޓީމް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/3MzB2aSUKtKNNuKw8
ޓީމް ލިސްޓް ލިންކް: https://forms.gle/qQWT3nvnHxqGicpv7
