ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2015/C-11
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
ޒޯން-1 (ހއ، ހދ އަދި ށ) ގެ ކުނި މެނޭޖްކުރުމަށް ސަރަޙައްދީ މަރުކަޒެއް ޤާއިމުކުރުން
1. ރާއްޖޭގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރަޙައްދީ ފެންވަރުގެ މަރުކަޒުތަކެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހއ، ހދ އަދި ށ. އަތޮޅުތައް ހިމެނޭ ސަރަޙައްދު (ޒޯން-1) ގެ ކުނި މެނޭޖްކުރުމަށް ސަރަޙައްދީ މަރުކަޒު ޤާއިމުކުރުމަށް 2015 ވަނަ އަހަރުގެ ބަޖެޓްގައި ފައިސާ ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢަށް ލިބިފައިވާ ފައިސާގެ ތެރެއިން ސަރަޙައްދީ މަރުކަޒު ޤާއިމުކުރުމަށް ހަދަންޖެހޭ "ޓެކްނިކަލް އަދި ފައިނޭންޝަލް ފީޒިބިލިޓީ ސްޓަޑީ" ގެ ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
2. މި ކޮންސަލްޓެންސީގެ މަސައްކަތްތަކުގެ ތެރޭގައި ކޮންސެޕްޓް ޑިޒައިނިންގ، ޑީޓެއިލްޑް އެންޖިނިއަރިންގ ޑްރޯވިންގ އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކުރުން ހިމެނެއެވެ.
3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތީން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.
4. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ޕްރޮޕޯޒަލް ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
5. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 1 ނޮވެންބަރު 2015 އިން 22 ނޮވެންބަރު 2015 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މި ދަޢުވަތުގެ 07 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މިމަސައްކަތުގެ އާރ.އެފް.ފީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
6. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ނޮވެންބަރު 15ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.
7. މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2015 ނޮވެންބަރު 23 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން "ޕްރޮޕޯޒަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
އީމެއިލް އެޑްރެސް: [email protected]
