ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވިލުފުށީ ކުނިމެނޭޖްކުރުމުގެ މަސައްކަތަށް އެސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ތ.ވިލުފުށީ ކުނިމެނޭޖްކުރުމުގެ މަސައްކަތަށް އެސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 13:15 ގެ ކުރިން https://shorturl.at/3Cj42 މި ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ. ފައިސާ މިއިދާރާގެ އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު ޓްރާންސްފަރ ކުރި ސްލިޕް ގޫގަލް ފޯމަށް އެޓޭޗްކޮށްދެއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި އިދާރާގެ ކޮންފަރެންސް ރޫމްގައި ކުރިއަށްދާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ދުވަސް

ތަން

ބިޑް ރެޖިސްޓްރޭޝަން

(-/150 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ނެގޭނެއެވެ.)

09 ނޮވެމްބަރ 2025

13:15

އާދީއްތަ

-

އަންދާސީ ހިސާބު ހުށަހެޅުން

18 ނޮވެމްބަރ 2025

13:15

އަންގާރަ

ކައުންސިލްގެ އިދާރާ ކޮންފަރެންސް ރޫމް

މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު  / 97740046780701 ފޯނަށް ގުޅުއްވުން އެދެމެވެ.

28 އޮކްޓޫބަރު 2025
ހޯދާ