ދިވެހިރާއްޖެ
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް 26/2025 ފުޓްބޯޅަ މުބާރާތުގައި ދ.މީދޫއިން ބައިވެރިވާ ޓީމް މުބާރާތަށް ތައްޔާރުކުރުމަށް 25 ދުވަހުގެ މުއްދަތަށް ކޯޗެއް ހޯދުމަށް ބޭނުންވެއެވެ.
ތަމްރީންގެ މަޢުލޫމާތު:
ތަމްރީން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 10 ނޮވެމްބަރު 2025
ތަމްރީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަށް: ދ.މީދޫ
ބީލަން ހުށަހެޅުމާއި ބަލައިގަތުން:
ތާރީޚާއި ގަޑި:6 ނޮވެމްބަރު 2025 ވަނަ ދުވަހުގެ 13:00 ގައި.
ތަން: ދ.މީދޫ ކައުންސިލް މުޙައްމަދު ކަލޭފާނު މާލަމް.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ނޮވެމްބަރު 4 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމު ފުރުމަށްފަހު ރަޖިސްޓްރީވުމަށް[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވަނެއެވެ.
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ، ދ.މީދޫ، ދިވެހިރާއްޖެ.
ފޯން: 6760042، 7357012، 7972318
ކޮޕީ: [email protected]
 
                    