އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިއިދާރާގެ ނަމްބަރ: (16/10/2025) (IUL)352/352/2025/60 އިޢުލާނުން ''އައުޓް ޑޯ ލެޑް ޑިސްޕްލޭ ފޯރުކޮށްދީ އިންސްޓޯލްކޮށް ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް'' ހޯދަން ބޭނުންވެގެން ކޮށްފައިވަ އިޢުލާން ބާޠިލްކޮށް، މަޢުލޫމާތު ކަރުދާހަށް، ބައެއް ބަދަލުތައް ގެނެސް އަލުން އިޢުލާންކުރަމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންވާ މަޢުލޫމާތު ޝީޓް، މިއިޢުލާނާއިއެކު، ދިވެހި ސަރުކާރުގެ ގެޒެޓްއިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  ވީމާ، މިތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ  2025 ވާ އާދިއްތަ ދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލެޑް ޑިސްޕްލޭ ސިސްޓަމް ފޯރުކޮށްދީ އިންސްޓޯލްކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

 އަދި ދަންނަވަމެވެ. ބިޑް ހުށަހުޅުއްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގޮތުގެ މަތިން، މިއިދާރާގައި ބިޑް ރަޖިސްޓްރީކުރައްވަން ވާނެއެވެ. ބިޑްރަޖިސްޓްރީ ކުރެއްވުމަށްޓަކައި، 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތާއިއެކު، މިއިދާރާގެ މެއިލް:  [email protected] އަށް، އީމެއިލް ކުރެއްވުން އެދެމެވެ. (އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާންގެ ނަމްބަރ ޖެއްސެވުން އެދެން)

  1. ހުށަހަޅާ ފަރާތުގެ ނަން:
  2. ރަޖިސްޓްރީ ނަމްބަރ:
  3. ގުޅޭނެ ނަމްބަރ:
  4. އީމެއިލް އެޑްރެސް:

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

27 އޮކްޓޫބަރު 2025
ހޯދާ