ދިވެހިރާއްޖެ
|
މިރަށު، 02 މިސްކިތަށް (މަސްޖިދުއް އަބީބަކްރިއައްޞިއްދީޤް އާއި މަސްޖިދުއް ތަޒްކިރަތިއަށް) ސޯލާރ ޕަވަރ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންވާ މަޢުލޫމާތު ޝީޓްތައް، މިއިޢުލާނާއިއެކު، ދިވެހި ސަރުކާރުގެ ގެޒެޓްއިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ވީމާ، މިތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ދަނގެތީ 02 މިސްކިތްތަކަށް ބޭނުންވާ ސޯލަރ ސިސްޓަމް ފޯރުކޮށްދީ އިންސްޓޯލްކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ބިޑް ހުށަހުޅުއްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގޮތުގެ މަތިން، މިއިދާރާގައި ބިޑް ރަޖިސްޓްރީކުރައްވަން ވާނެއެވެ. ބިޑްރަޖިސްޓްރީ ކުރެއްވުމަށްޓަކައި، 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތާއިއެކު، މިއިދާރާގެ މެއިލް: [email protected] އަށް، އީމެއިލް ކުރެއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. |
