މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕްތައް ސަޕްލައިކޮށް ޑެލިވަރ ކުރުން

މި މިނިސްޓްރީއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕްތައް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

އެހެންކަމުން، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:30 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309331 އަދި 3309333 ނަންބަރު ފޯނަށެވެ.

27 އޮކްޓޫބަރު 2025
ހޯދާ