މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ 5، 6 އަދި 7 ވަނަ ފަންގިފިލާގެ ސްޓޭޝަން ތަކުގައި އަމިއްލަ ތަކެތީގައި ސްޓިކަރ ޖެހުން

   މި މިނިސްޓްރީގެ 5، 6 އަދި 7 ވަނަ ފަންގިފިލާގެ ވޯކް ސްޓޭޝަން ތަކުގައި އަމިއްލަ ތަކެތީގައި ސްޓިކަރ ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

30 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ 11:00ގައި

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ

އަންދާސީ ހިސާބު ހުށަހެޅުން

09 ނޮވެމްބަރ ވާ އާދިއްތަ ދުވަހުގެ 11:00 އަށް

 

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309331 އަދި 3309333 ނަންބަރު ފޯނަށެވެ.

27 އޮކްޓޫބަރު 2025
ހޯދާ