ދިވެހިރާއްޖެ
އިއުލާން
އަރިއަތޮޅު އުތުރުބުރީފެރިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ
މިކައުންސިލްގެ ނަމްބަރ A/IUL/344/2025/28 ( 01 ސެޕްޓެމްބަރ 2025 ) އިޢުލާނުން އއ. ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް އަލުން ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކައުންސިލްގެ ނަމްބަރ: A/IUL/344/2025/28 ( 01 ސެޕްޓެމްބަރ 2025 ) އިއުލާނާއެކު ގެޒެޓްކުރެވިފައިވާ "އއ.ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޢުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގެވަޅަށް އެދި ފޯމު ހުށައަޅުއްވަމުން ގެންދެވުމަށް ދަންނަވަމެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 06 ނޮވެމްބަރ 2025 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަދި 13:00 އިން 14:00 މި އިދާރާގައެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6660545 ފޯނަށެވެ.
