ދިވެހިރާއްޖެ
އިޢުލާން
| " ސާފު އަރިއުތުރު 2025 " ގެ ބައިވެރިން ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން: | 
" ސާފު އަރިއުތުރު 2025 " ގެ ބައިވެރިން ހުރުމަށް 18 ކޮޓަރި ހޯދުމަށްވަނީ ބޭނުންވެފައެވެ.
" ސާފު އަރިއުތުރު 2025 " ގެ ބައިވެރިން ހުރުމަށް ބޭނުންވާ ކޮޓަރި ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ބޭނުންވާ މައުލޫމާތު މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ކޯޓޭޝަން ހުށަހެޅުން:
މި މަސައްކަތުގެ ކޯޓޭޝަން ހުށަހެޅުން އޮންނާނީ 30 އޮކްޓޯބަރ 2025 (ބުރާސްފަތި) ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ކޮޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ނޯޓް: މެއިލްމެދުވެރިކޮށް ހުށަހަޅާ ކޯޓޭޝަންތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 29 އޮކްޓޯބަރ 2025 (ބުދަ) ދުވަހުގެ 14:00ކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
 
                    