ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމުގެ 3 ވަނަ ބުރުގައި ދޫކުރެވިފައިވާ ދަނޑުބިންތަކުގައި ކަންމުޑި އެޅުމުގެ މުއްދަތު

ދަނޑުބިން ދޫކުރުމުގެ 3 ވަނަ ބުރުގައި ދޫކުރެވިފައިވާ ދަނޑުބިންތަކުގައި ކަންމުޑި އެޅުމުގެ މުއްދަތު

 

            ހއ.ކެލާ ދަނޑުބިން ސަރަހައްދުން ހިލޭ ދޫކުރާ 5000 އަކަފޫޓުގެ ދަނޑުބިންތަކުގެ 3 ވަނަ ބުރުގައި ދަނޑުބިން ލިބިފައިވާ ފަރާތްތަކުން، ލިބިފައިވާ ދަނޑުބިމުގެ ކަންމުޑިތައް އެޅުމަށް ދެވިފައިވާ މުއްދަތަކީ 30 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ކަމުގައި އަންގާ އިޢުލާން ކުރަމެވެ.

 

            އަދި ކަންމުޑި އެޅުމަށްފަހު ކެލާ ކައުންސިލަށް އެންގުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި ކަންމުޑި ނާޅާ ފަރާތްތަކުގެ ދަނޑުބިން ބާތިލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

27 އޮކްޓޫބަރު 2025
ހޯދާ